English Edition
Dhivehi Edition

ދެކުނުގެ ސަރަހައްދުތަކަށް މޫސުމް ގޯސްވާނެކަމަށް ލަފާކުރެވޭތީ ވ. އަތޮޅުގެ ރަށްތަކުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 14:30 ހާ ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ވާގޮތުގައި، މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެއެވެ.

ވައިޓް އެލާޓް:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.