English Edition
Dhivehi Edition

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްސަލް ޓީމަށް ކުޅުން ތެރިން ހޯދުމަށް ބާއްވާ ޓްރައިލް މިރޭ އޮންނާނެއެވެ.

ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ކުދިން ހޯދުމަށް އެފްއޭއެން އިން ބާއްވާ ހަރަކާތް މިރޭ 1 ނަންބަރު ޓާފް ދަނޑުގައި ބޭއްވުމަށް ހަމަ ޖެހިފައިވާއިރު މި ހަރަކާތުގައި ބައިވެރި ވެވޭނީ 1 ޖެނުއަރީ 1999 ނުވަތަ އޭގެ ފަހުން ވިހާފައިވާ ކުދިންނަށެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ ވެފައިވާއިރު ރާއްޖޭގެ އެކި ތަންކޮޅު ތަކުގައި ގެންދަނީ އަގު ބޮޑު ފުޓްސަލް މުބާރާތްތަށް ބާއްވަމުންނެވެ.

ދިވެހި ރާއްޖޭގައި މިވަގުތު ސީނިއާ ފުޓްސަލް ޓީމެއް އެކުލެވިފައިވާއިރު އެ ޓީމްއިން ވަނީ މިދިޔަ އަހަރު ތަޖިކިސްތާނުގައި އޮތް މުބާރާތްތެއްގަގައި ބައިވެރިވެފައެވެ.އަދި މިއީ އެފްއޭއެމްއިން ޒުވާން ފުޓްސަލް ޓީމެއް އެކުލަވާލާ ފުރަތަމަ ފަހަރެއެވެ.