ހދ. ނޮޅިވަރަމްގައި ދަންޖެހިގެން ރޭ ފަތިހު މަރުވި އަންހެން މީހާގެ ހަށިގަނޑު އިތުރު ތަހުގީގަށް މާލެ ގެންނަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެންމީހާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގިފިލީގައެވެ. އަދި އަންހެން މީހާއަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަން ވަނީ އެނގިފައެވެ
އަންހެން މީހާގެ ހަށިގަނޑު މިއަދު މެންދުރު ފުލުހުންގެ ބެލުމުގެ ދަށުން އެ އަތޮޅު ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފައެވެ. އަދިވެސް ހަށިގަނޑު އޮތީ ކުޅުދުއްފުށީގައެވެ
އެރަށުން މައުލޫމާތު ލިބޭގޮތުގައި ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ
ފުލުހުން ބުނީ އެ އަންހެން މީހާގެ ހަށިގަނޑު މާލެ ގެންނަން ނިންމީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ