English Edition
Dhivehi Edition

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ހަވީރުން ފެށިގެން މާލޭ މަޖީދީ މަގުގެ އެކި ހިސާބު ތަކުގައި ބާއްވަމުން އަންނަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހައްޔަރު ކޮށްފިއެވ

މީގެ އިތުރުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް ޢަބްދުﷲ ވެސް ވަނީ ހައްޔަރު ކޮށްފައެވެ

ޝާހިދާއި ރިޔާޒްއާއި ބައްދަލު ވެފައިވާ ކަމަށާއި، ހައްޔަރު ކުރީ ކުއްލި ޙާލަތުގެ ދަށުން ކަމެއް ިނުވަތަ ނޫން ކަމެއް އަދި ނިންމާފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް، މިދެބޭފުޅުންގެ ޤާނޫނީ ވަކީލު ހިސާން ޙުސެއިން ކުރެއްވި ޓްވީޓެއްގައި ވަނީ ލިޔުއްވާފައެވެ. އަދި މިދެބޭފުޅުން ދޫނިދޫއަށް ގެންދާނެ ކަމަށް ވެސް ފުލހުން ވިދާޅުވެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ