English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 4-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު މި މެޗުގައި އެ ޓީމަށް ހަތަރު ގޯލު ވެސް ކާމިޔާބު ކޮށްދިން އެންޓޮއިން ގްރީޒްމަން މިސީޒަންގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކާލައިފިއެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ހެޓްރިކް ހެދި ގްރީޒްމަން ރޭގެ މެޗުގައި އޭނާ ހަތަރު ލަނޑާއި އެކު އޭނާ ވެފައިވަނީ ފަހުގެ ތާރީހެއްގައި ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަންނަ ސީޒަނުގައި އެތުލެޓިކޯ ދޫކޮށް ވާދަވެރި ބާސެލޯނާ އާއި ގްރީޒްމަން ގުޅޭނެކަމަށް މީޑިއާގައި ވާހަކަ ދެވެނުނު ކަމުގައި ވީނަމަވެސް ރޭގެ މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމޭނިއޯ ބުނީ މިއީ މިފެންވަރުގެ ކުޅުންތެރިންގެ ކޮންމެ ޓީމަކުން ވެސް ބޭނުން ވާނެ ކަމަށާއި ގްރީޒްމަން އަކީ އެތްލެޓިކޯގެ އިންޖީނު ކަމަށް ވާއިރު އޭނާ ނުވިއްކާނެ ކަމަށެވެ.

“ރޭގެ މެޗަށް ފަހު ގްރީޒްމަން ބުނީ އޭނާ ޓީމްގައި ހޭދަކުރަނީ އުފާވެރި ދުވަސްތަކެއް ކަމަށާއި އެންމެ ބޮޑަށް ވިސްނުން ހުރީ ދެން އޮންނަ މެޗުގައި ބާސެލޯނާގެ އަމިއްލަ ދަނޑު ކަމުގައި ވާ ކޭމްޕް ނޫގައި އަންނަ ހަފްތާގައި ކުޅޭ މެޗަށް ކަމަށެވެ.

ގްރީޒްމަން ބުނީ ބޭނުމީ ނޫގައި ލަނޑެއް ނުޖެހި އޮތުން ނިންމާ ލައ ބާސެލޯނާ ކޮޅަށް ލަނޑު ޖަހައި އުފާފާޅުކުރަންކަމަށެވ

ރޭގެ މެޗަށް ފަހު އެއްވަނާގައި އޮތް ބާސެލޯނާ އާއި ހަތަރު ޕޮއިންޓަށް އެތުލެޓިކޯއިން ފަރަގު ކުޑަކޮށްފައިވާއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ 25 މެޗުން 65 ޕޮއިންޓާ އެކު އެވެ.އަދި ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 26 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 26 މެޗުން 51 ޕޮއިންޓެވެ.