English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ތިންވަނަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. މިމެޗުގައި ބައްދަލުކުރީ މޯލްޑިވިއަންއާއި ފްރެންޑްސް ކުލަބެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ހާފުގައި މޯލްޑިވިއަން އިންވަނީ ރަނގަޅަށް ކުޅޭ ލީޑުވެސް ނަގައިފައެވެ. އެ ޓީމަށް ލީޑުނަގައިދިނީ ހުސައިން އަފްޒަލް އެވެ. އެއްވަރުކުރި ލަނޑު ފްރެންޑްސް އިންޖަހައިފައިވަނީ ފަހުހާފުގައެވެ. އެ ލަނޑު ޖަހައިފައިވަނީ ހަސަން ހަނީފެއެވެ. މި ހާފުގައި މޯލްޑިވިއަންއަށް ދެ ޕެނަލްޓީ ލިބިފައިވެއެވެ. ދެޕެނަލްޓީވެސް ފްރެންޑްސް ކީޕަރުވަނީ މަތަކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ މުހައްމަދު އިމްރާނެވެ. މިނަތީޖާއާއެކު ކުއާޓަރފައިނަލްގެ ފުރުސަތު އަދި ދެޓީމަށްވެސް އެބައޮތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.