English Edition
Dhivehi Edition

ވެރިކަމަށް ވަޑައިގަތުމަށް އޮތް ހަމަ އެކަނި ގޮތަކީ ޑިމޮކްރަސީގެ ދޮރުން ވަނުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އޭޝިޔާ ޓައިމްސް ގައި އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަނަށް މަގު ފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.

މިގޮތުން 01 ފެބްރުއަރީ ގައި ޖުޑިޝިއަރީ ގެ ތެރެއިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރުމުން އެ ކަންކަން ޙައްލު ކުރަން “ކުއްލި ޙާލަތު” ނެރެން ރައީސް އަށް މަޖްބޫރު ވެލެއްވީ މި ލިޔުމުގައި ޝައިނީ ލިޔުއްވާފައިވެއެވެ..

01 ފެބްރުއަރީ ރާއްޖޭގެ ސުޕްރީމް ކޯޓު ފަސާދަކޮށް، ނެރުނު އާދަޔާ ޚިލާފު އަމުރާއި އެކު ސުޕްރީމް ކޯޓުން ސަރުކާރުގެ އެއްވެސް މުޢާމަލާތަކަށް އިޖާބަ ނުދިންކަން ފާހަގަ ކުރައްވަމުން ޝައިނީ ވިދާޅުވެފައިވަނީ އެންމެ ފަހުން އުއްތަމަ ފަނޑިޔާރާއި އަދި ފަނޑިޔާރު އަލީ ހަމީދު އަމިއްލަ މަސްލަޙަތާއި އެކު، ދައުލަތު ގެ ބަންޑާރަ ނައިބުވެސް މަޤާމުން ދުރުކުރުމަށް އަމުރު ނެރެން މަސައްކަތް ކުރިކަމަށެވެ.

05 ފެބްރުއަރީގައި ނެރުނު “ކުއްލި ޙާލަތާއި” ގުޅިގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން ވަރަށް މަސައްކަތް ކުރިކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވި ކަމަށެވެ. އަދި ހަމަ އެހެންމެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި އަސް އާއްމު ދިރިއުޅުމަށް އެކަމުން އެއްވެސް ދައްޗެއް ނުފޯރާނެ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ޝައިނީން ނެންގެވީ، ފްރާންސް ގައި ބޮން ގޮއްވާލި ޙާދިސާގެ ސަބަބުން އެ ޤައުމުގައި 2 އަހަރު ދުވަހަށް ނެރުނު ކުއްލި ޙާލަތެވެ.

ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމަށް ދުނިޔޭގެ ގައުމުތަކުން ގޮވާލަމުންދާ މި ދަނޑިވަޅުގައި އެކަމަށް ރިއާޔަތް ކުރައްވައި ޑރ.ޝައިނީ ލިޔުއްވާފައި ވަނީ ކުއްލި ނުރައްކަލުގެ މި ހާލަތު އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.