English Edition
Dhivehi Edition
ފޮޓޯ:މިހާރު

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އަހްމަދު ސުލައިމާން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ

އެންއައިސީ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާން އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ ހާޒިރުވި 32 މެންބަރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔަޒް ރަޝީދު ވިދާޅުވީ ސުލައިމާންއަކީ އީސީގެ މެންބަރު ކަމާއި ރައީސް ކަން ވެސް ކުރެއްވި ބޭފުޅެއް ކަމަށާއި އެންއައިސީގެ މަސައްކަތްތަކަށް އެންމެ ގާބިލު ބޭފުޅަކީ ސުލައިމާންކަމުގައެވެ. އަދި އެންއައިސީއަށް މިއައި ބަދަލުގެ ސަބަބުން އެންއައިސީގެ މަސައްކަތްތައް ހަލުވި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރިޔާޒު ވިދާޅުވިއެވެ

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން ލިބުމުންނެވެ. ސުލައިމާންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާ އަށް ލިބިފައިވަނީ 75.89 ޕަސެންޓް މާކުހެވެ