ިދިވެހީންގެ މިނިވަންކަން ނުގެއްލި ސަލާމަތްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެޅުއްވި ހަރުދަނާ ފިވަޅުތަކުގެ ސަބަބުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ
ރޭ ވެސްޓް ޕާކް ސަރަހައްދުގައި “ސަލާމަތީ ބަރާތަކާއެކު ރައްޔިތުން” މި ނަމުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ،މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ގިނަ ކަނަތައްތަކެއް ރާއްޖެއަށް ކުރިމަތިވި ކަމަށާޢި ރައީސް އެޅުއްވި ފިޔަވަޅުތަކަށް ކިޔަމަންވެ ދިވެހި ގައުމުގެ އިސްތިގްލާލް ދެމެހެއްޓުމަށް ސިފައިންނާއި ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބފައިވާކަން ފާހަގަކޮށް އެ ފަރާތްތަކަށް ރިޔާޒު ވަނީ ޝުކުރު އަދާކޮށްފައެވެ
މީގެ އިތުރުން ރިޔާޒް ވިދާޅުވީ ޖީއެމްއާރު އަތުން އެ އެއާޕޯޓު އަތުނުލިނަމަ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުނު އިރު، އެއާޕޯޓަށް ބޭރުގެ ހަތިޔާރު އެޅި ސިފައިން ބަނދަރު ކުރާނެ ކަމަށާއި އެހިސާބުން ދިވެހީންގެ މިނިވަންކަން ގެއްލިގެން ދާނެ ކަމަށެވެ