English Edition
Dhivehi Edition

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން 9 ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ

ހައްޖަށް މީހުން ގެންދިއުމަށް ހުށަހެޅުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުއްދަތު ހަމަވެފައެވެ. މުއްދަތު ހަމަވިއިރު ހައްޖު ކޯޕަރޭޝަނާއެކު ޖުމްލަ ނުވަ ކުންފުންޏަކުން ކުރިމަތިލާފައި ވެއެވެ

މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނީ ހަތަރު ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ސިސިލްފަރު ގްރޫޕާއި ޒައީ ގްރޫޕާއި ހަރަމައިން ޖަމާއަތެވެ

ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު ބުނާ ގޮތުން ކޮންމެ ކުންފުންޏަކަށް ވެސް ހުއްދަ ދެވޭނީ އެއް އަހަރަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ އޮތް ކުންފުންޏަކަށް ވާން ޖެހޭނެއެވެ

މިދިޔަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ. ބާކީ ކުންފުނިތަކުން ގެންދިޔައީ ކޮންމެ ކުންފުންޏަކުން 100 މީހުންނެވެ