English Edition
Dhivehi Edition

ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ

ހުޅުމާލޭގައި ހަދާފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށާއި މި މަހުގެ ތެރޭގައި ހޮސްޕިޓަލް ހުޅުވާނެ ކަމަށް މީގެ 2 ހަފްތާ ކުރިން ވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭގައި އަލަށް ޢިމާރާތްކޮށް ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރާ 159 އެނދުގެ މި ހޮސްޕިޓަލް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

މި ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލްކަމަށް ވާއިރު، މި ހޮސްޕިޓަލުން ކެންސަރުބަލީގެ އިތުރުން އޯޕަން ހާޓް ސާޖަރީގެ ހިދުމަތާއި، ޑަޔަލަސިސްގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަލިމީހުންގެ އާއިލާއަށް ދޭ އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމަށްވެސް މި ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ބަލި މީހުންގެ އާއިލާތަކަށް އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމަށް 48 ކޮޓަރި ހާއްސަކޮށްފައިވާއިރު، އެ ކޮޓަރި ތަކަކީ ޒަމާނީ ޓެކްނޮޖީއާއެކު ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަދި އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ޗައިލްޑް ތެރަޕީގެ ހިދުމަތްވެސް ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީޓޮޕް އިންވެސްޓްމެންޓުން މިހޮސްޕިޓަލްގެ މަސައްކަތް ތުރުކީގެ އަލައިކް ތާމަކްސް ކުންފުންޔާ ހަވާލުކޮށްގެން ކުރަމުން އަންނައިރު، މި ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ރަމްސީ ސައިން ޑާބީ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވުން ލަސްވީ އިމާރާތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

1 ކޮމެންޓް
އަލީ މާހިރު
ފެބުރުއަރީ 27, 2018
ފުރަތަމަވެސް އިސްވެރިންނަށް ސާބަހާ ޝުކުރު ރައްދުކުރަން. ދެން ބުނެލަން ބޭނުންވަނީ ބޮޑުއިމާރާތެއްހަދާފާ ދޫކޮށްލިޔަސް އަދި ނިމުނީކީނޫނޭ. އެތަނަށްބޭނުންވާ އިކްއިޕްމަންޓާ ކަމަށްބޭނުންވާ މީހުނާ ކަންކަން ފުރިހަމަކުރީމައޭ އެއުފާ މަމެންނަށް ލިބޭނީ. އަދި ބޮޑެތި ބަލިތަކުގެ ބޮޑެތި ޕޭމަންޓު އާސަންދައިން ފުރާ ފުރިހަމަވީމަނޫނީ ހިތްހަމަ ޖެހުމުގެ ނޭވާއެއް ނުލެވޭނޭ. އެކަންކަންވެސް ފުރިހަމަކޮށްދޭނޭކަމުގެ ފުރިހަމަ ޔަގީންކަމާއެކު ނިންމާލަން. ޝުކުރިއްޔާ ބޮޑެތި ވިޔަފާރިވެރިން.