English Edition
Dhivehi Edition

ސީރިއާގެ ގޫތާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް، އެހީވުމަށް ރާއްޖޭގެ އެންޖީއޯއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ރިލީފް ފަންޑެއް ހުޅުވައިފިއެވެ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކޮންމެ އަހަރަކުވެސް އެކިއެކި އިވެންޓުތައް ބާއްވައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމަޖެންސީ ހާލަތްތަކުގައި ދިމާވާ ކަންކަމަށް ރިލީފް ކެމްޕޭނުތައް ހިންގައެވެ

އައިއޭސީ އިން މައުލޫމާތު ދޭގޮތުގައި އެންޖީއޯއިން މިހާރު ދަނީ ރާއްޖޭގެ އެހެނިހެން އެންޖީއޯތަކާ ގުޅިގެން، ގޫތާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރިލީފް ފަންޑުގެ ހަރަކާތްތައް ކުރިއަށް ގެންދަމުން ކަމަށެވެ. އައިއޭސީ އިން މައުލޫމާތު ދޭގޮތުގައި މިކެމްޕޭނަކީ 15 ދުވަހަށް ކުރިއަށް ގެންދާ އެހީގެ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕޭނުގެ ނަމަކީ “ގޫތާ އެމަޖެންސީ ރިލީފް”އެވެ

ރިލީފް ފަންޑުގައި އެހީތެރިވެދޭނީ ހަމައެކަނީ ފައިސާއިން ކަމަށާއި އަދި އެފައިސާތައް ހަވާލުކުރާނީ ސީރިއާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ޖަމިއްޔާތަކަށް ކަމަށް ވެސް އައިއޭސީއިން މައުލޫމާތު ދެއެވެ

ސީރިއާގެ ގޫތާއަށް އެހީވުމުގެ ގޮތުން، އައިއޭސީން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވާފައެވެ

އެކައުންޓްގެ ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް: ‎‎7770000014818
ޑޮލަރު އެކައުންޓް: ‎‎7770000014817