ހުޅުމާލޭގެ ފްލެޓެއްގެ ތިން ވަނަ ބުރީގެ ވައި ގޮޅިއަކުން އިއްޔެ ވެއްޓުނު ބަންގްލަދޭޝް ފިރިހެން މީހާ މަރުވެއްޖެ އެވެ.
އިއްޔެ ހެނދުނު 11:40 ގައި ހނގި މިހާދިސާގައި ވައިގޮޅިން ވެއްޓުމުން އޭނާއަށް އެންމެފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ ގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ
ފަސް ނަންބަރު ފްލެޓްގެ އެޕާޓްމަންޓެއްގެ ވައި ގޮޅިން ވެއްޓުމުން އޭނާއަށް ލިބުނު އަނިޔާގައި އިތުރު ފަރުވާއަށް މެންދުރު ދޭއް ޖަހާކަން ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް އޭނާ އެތަނަށް ގެންދިޔަތާ މާ ގިނަ އިރު ނުވަނީސް މަރުވި ކަމަށެވެ.