English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށް ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭ ކުޅުނު ތިންވަނަ މެޗު މަލްޓިޖީނިއަސް ކާމިޔާބުކޮށްފިއެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ ޗެލެންޖާސްއާ ބައްދަލުކޮށް 5-1 ލަނޑުންނެވެ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޗެލެންޖާސްއިންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ އަބްދުﷲ ރަޝީދެވެ. މިނަތީޖާގައި އޮވެ ކުޅެމުންދަނޮކޮށް މަލްޓި ޖީނިއަސްވަނީ އެމީހުންގެ ފުރަތަމަ ލަނޑު ޖަހައި އުންމީދު ބޮޑުކޮށްފައެވެ. އެޓީމަށް އެ ލަނޑު ޖަހައިދިނީ އަބްދުﷲ ރަޝީދެވެ. މަލްޓި ޖީނިއަސްއަށް ލީޑު ނަގައިދިން ލަނޑުވެސް ޖަހައި ދިނީ އަބްދުﷲ ރަޝީދެވެ. އަދި ތިންވަނަ ލަނޑުވެސްޖަހައިދިނީ އޭނާއެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އީމާނެވެ. ފަސްވަނަ ލަނޑުޖެހީ އެޓީމުގެ އަބްދުﷲ ރަޝީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަލްޓިޖީނިއަސްއަށް 4 ލަނޑު ޖަހައިދިން އަބްދުﷲ ރަޝީދެވެ. މި މުބާރާތުގެ ކުޅުން މާދަންރޭވެސް އޮންނާނެއެވެ. މާދަންރޭވެސް ތިން މެޗު ކުޅޭނެއެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.