English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށް ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ދެވަނަ މެޗު ސްކޫޕް ކަންމަތި ކާމިޔާބުކޮށްފިއެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ މަރަދޫ އެފްސީއާ ބައްދަލުކޮށް 0-5 ލަނޑުންނެވެ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ ޝިފާޒެވެ. ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހޫދު ލަތީފެވެ. ދެވަނަ ހާފު ނިމުނީ 2-0 ލަނޑުން ސްކޫޕު ކަންމަތި ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ސްކޫޕު ކަންމަތިންވަނީ ތިން ގޯލުޖަހައި ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ. އެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ހޫދުއެވެ. އަނެއް ލަނޑަކީ މުހައްމަދު އިންޝާލް ކާޟިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑުތަކަށްފަހުވެސް އިތުރު ލަނޑު ޖަހާނެ ފުރުސަތު އެޓީމުންވަނީ ތަނަވަސް ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޫޕް ކަންމަތިއަށް ތިން ގޯލު ކާމިޔާބުކޮށްދިން ހޫދު ލަތީފްއެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.