English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަދަލު ދޭ ގޮތަށް ސަރުކާރަށް ނަގާފައިވާ ބިންތައް އެ ބިންތަކުގެ ވެރިފަރާތްތަކާއި ހަވާލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ

އިއްޔެ ހަވީރު ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި “މަގެ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ” ގެ ނަމުގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ އަތުން ނެގި ބިންތައް ހަވާލުކޮށް ދޭން ނިންމާފައިވާ ވާހަކަ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގުޅުއްވާފައި ވިދާޅުވި ކަމަށާއި އަދި އެ ބިންތައް ދުރު ނޫން މުސްތަގުބަލެއްގައި ރައްޔިތުންނަށް ހަވާލުކޮށް ދޭނެ ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ސަރުކާރުން އިއުލާން ކުރާނެ ކަމަށެވެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިތަދޫ މާމެންދޫ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ދޭ ގޮތަށް ސަރުކާރަށް ނެގީ، ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ސާކް ސަމިޓް ބާއްވަން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރުމަށެވެ.އޭރު އެ ބިންތައް ނަގައި، އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ވެސް ސަރުކާރުން ކަނޑައެޅި އެވެ

4 ކޮމެންޓް
Dhivehi kanbulo
ފެބުރުއަރީ 24, 2018
Addu koyyaa kanbulo ekahalei kanafah lole eduvaashiye
ޙުސެން ހަލީމް
ފެބުރުއަރީ 24, 2018
ތިބިންތައް އަހަރުމެންނަށް ލިބޭނީ ކޮންއިރަކުބާ؟
Addu koyya
ފެބުރުއަރީ 24, 2018
Addu raiyyithun nah v ufaverihabareh. Shukuriyya
Dhivehi kanbulo
ފެބުރުއަރީ 24, 2018
Thikahala foni vaahaka thah dhakkaigen ves rayyithun hahdhaaleveytho balahchey. Handhaan nahthaalaa. Adducity ga moyain noolhey.