English Edition
Dhivehi Edition

އޯޓިޒަމް ދަރިފުޅުގެ ބައްޔަށް ފަރުވާދިނުމަށް މަންމައަކު އޭނާގެ ދަރިފުޅަށް ލައްފިލުވާ ބޯންދީފިއެވެ. އިންޑިއާނާގެ މި އަންހެންމީހާ އޭނާގެ އަންހެން ދަރިފުޅަށް ލައްފިލުވާ ބޯންދިނީ ފޭސްބުކު ގުރޫޕަކުން ފެނުނު ‘މިރަކަލް މިނެރަލް ސޮލިއުޝަން’ އެކޭ ކިޔާ އަމިއްލަ ފަރުވާއެއްގެ ވާހަކަ ކިޔުމަށްފަހު އޭނާގެ އޮޓިސްޓިކު ދަރިފުޅަށް އަމިއްލައަށް ގޭގައި ފަރުވާދިނުމަށެވެ.

އެގޮތުން އެލިއުމުގައި ބުނެފައިވާ ގޮތުގެ މަތީން ހައިޑްރޯކްލޯރިކް ތިކިތަކެއް އަޅާފައި ބޭހެއް ތައްޔާރުކޮށް އެބޭސް ދަރިފުޅަށް ދިން ކަމަށް ބުނެ އެއަންހެންމީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފުލުހެއްކަމުގައިވާ އޭނާގެ ފިރިމީހާއެވެ.

ފުލުހުން ހާމަކުރިގޮތުގައި އަންހެންމީހާ ދަރިފުޅަށް އެބޭސް ތައްޔާރުކޮށްފައި ދިން ވާހަކަ އޭނާގެ ފިރިމީހާ ގާތުގައި ބުނީ އެބޭސް ދަރިފުޅަށް ދިންތާ ހަފްތާތަކެއް ވީ ފަހުންނެވެ. އެހާހިސާބުން ކުއްޖާގެ ބައްޕަ ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރުމުން ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާރު ކުއްޖާ ވަނީ އެގެއިން ބޭރުކޮށްފައެވެ..

މި މިރަކަލް މިނަރަލް ސޮލިއުޝަނަކީ 2006 ވަނަ އަހަރުން ފެށިގެން އިޝްތިހާރު ކުރެވެމުން އަންނަ ބޭހެކެވެ. އެންމެ ފުރަތަމަ މިބޭސް އިޝްތިހާރުކޮށްފައިވަނީ ކުރީގެ ސައިންޓޮލޮޖިސްޓެއް ކަމަށްވާ ޖިމް ހަމަބަލް ޝާއިޢު ކުރި ފޮތެއްގައެވެ. އެގޮތުން މިރަކަލް މިނަރަލް ސޮލިއުޝަނުން އެންމެ އާދައިގެ ރޯގާ ތަކުން ފެށިގެންގޮސް އެޗް.އައި، ވީ އާއި ހެޕަޓައިޓިސްބީފަދަ ބޮޑެތި ބަލިތަކަށްވެސް ފަރުވާ ލިބޭކަމުގައި އިޝްތިހާރުކޮށްފައިވެއެވެ.

 

މިއީ މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ނޫންކަމަށާއި މިގޮތަށް ދަރިންނަށް ޖެހޭބަލިތަކަށް ފަރުވާދިނުމަށް މައިންބަފައިން އަމިއްލައަށް މަސައްކަތް ކުރާ ކަމަށާޢި މިއީ ދަރިންނަށް ފަރުވާ ކުރުމުގެ ގޮތުން މައިންބަފައިން ކުރާ ކަމަކަށްވިޔަސް އެކަމުގެ ސަބަބުން ދަރިނަނަށް ބޮޑެތި ގެއްލުން ލިބި އިތުރަށް މައްސަލަ ގޯސްވާ ކަމުގައިވެސް

އެޕްލައިޑް ބިހޭވިއަރަލް ސެންޓަރ ފޯރ އޯޓީޒަމުން ހާމަކޮށްފައިވާކަމަށް ހަބަރުލިބެއެވެ. މިރަކަލް މިނަރަލް ސޮލިއުޝަނަކީ އެއްވެސް އަސްލެއްނެތް ، ފޭކް އެއްޗަކަށް ވިޔަސް މިބޭހަކީ މިހާރު އޮންލައިންކޮށް ވިއްކަންވެސް ހުންނަ އަދި މި ސޮލިއުޝަން ތައްޔާރުކުރާގޮތްވެސް އޮންލައިންކޮށް ލިބެންހުންނަ އެއްޗެއް ކަމުގައި ވެއެވެ.

ވުމާއެކުފޭސްބުކްފަދަ ސޯޝަލް މީޑިއާ ތަކުގައި އުޅުއްވާ ބޭފުޅުން މިފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.