English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ބަލިކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭބުނީ ބާސެލޯނާ އާއި ދެކޮޅަށް ކުޅޭނަަމަ އެންމެން ވެސް ދައްކާނީ މެސީ ހުއްޓުވަން ޖެހޭވާހަކަ ކަމަށާއި އެހެން ނަމަވެސް މިރޭ ވަކި މެސީ އަކަށް ހާއްސަ ސަމާލުކަމެއް ނުދޭނެކަމަށެވެ.

“އަހަރެމެން މި ދައްކަނީ ވަރަށް އާދަޔާހިލާފު ޔޫރަފްގައި މޮޅު ފުޓްބޯޅައެއް ކުޅޭ ޓީމެއްގެ ވާހަކަ އާއި ދުނިޔޭގައި މިވަގުތު ހުރި މޮޅު ކުޅުންތެރިޔެއްގެ ވާހަކަ.މިހެން ވެއްޖެއިޔާ ހަމައެކަނި މެސީ އަށް ޕްލޭނެއް ހަދައިފިއްޔާ ޗެލްސީ އަށް އޮތީ ގެއްލުން. ސަމާލުވާންވީ މުޅި ބާސެލޯނާ އަށް. މިސާލަކަށް ބަލަމާ އެ ޓީމުގައި ތިބި އެހެން ކުޅުންތެރިންނަށް. ސުއަރޭޒް، އިނިއެސްޓާ އަދި މުޅި ބާސެލޯނާ ޓީމަށް ކަމަށް ،” ކޮންޓޭ ބުންޏެވެ.

މިރޭ ކުޅޭ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްޕެއިންގެ ތަރި ޕެޑްރޯ ބުނެފައިވަނީ މެސީއާއި ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ހުރިހާ ގޮތަކުންވެސް އެ ދެޓީމު ބައްދަލު ކުރާ މެޗު އޭނާއަށް ހާއްސަ ކަމަށެވެ.

ޕެޑްރޯ ބުނީ މީގެ ކުރިން ބާސެލޯނާއަށް ކުޅެފައި ހުރުމުން މިރޭގެ މެޗަށް ނިކުތް ނަށް އިރު ކުރާ އިހުސާން ބުނެދެން ވެސް ނޭގޭ ކަމަށެވެ.