English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕު އޭ ގެ ދެޓީމް ކަމަށްވާ އެފްސީ ޓައިޓަންސާއި، ޓެކް އެވެ. މިމެޗު ފަސޭހަކަމާއެކު 14-1 ލަނޑުން ޓައިޓަންސްވަނީ ކާމިޔާބު ކޮށްފައެވެ. އެފްސީ ޓައިޓަންސްގެ 14 ލަނޑުގެ ތެރެއިން 9 ލަނޑު ޖެހީ އެޓީމިގެ އިބްރާހީމް އަނީލެވެ. މއީ މިމުބާރާތުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އެންމެ ގިނަ ގޯލް ފެނުނު މެޗެވެ. އަދި އެކަކު އެންމެ ގިނައިން ލަނޑުޖެހިމެޗެވެ. މި މެޗުގައި އެފްސީ ޓައިޓޭންސްގެ ހމީ ނަޖާހު ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އައިމަން އާއި ހަސަން ޝަމާހުއެވެ. ޓީމު ޓެކްގެ ހަމައެކަނި ޖަހައިދިނީ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ވާހިދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓައިޓަންސްއަށް ނުވަ ގޯލު ކާމިޔާބުކޮށްދިން އަނީލެވެ. މި މުބާރާތުގައި މާދަމާ ރޭ ވެސް ތިން މެޗު ކުޅޭނެއެވެ. މާދަމާ ރޭގެ މެޗުތައް ކުޅެން ފަށާނީ ފަށާނީ 20:30 ގައެވެ. މިއީ އައްޑޫގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސާ އަކަށް ވިލާ ކޮލެޖުގެ އިތުރުން ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.