English Edition
Dhivehi Edition

އައްޑޫސިޓީގެ ދޮށީ ޢުމުރުގެ މީހުންނަށް ޚާއްޞަކޮށްގެން” އެންމެ ލޯބި ޖޯޑު” ގެ ނަމުގައި އެވޯޑެއް ތައާރަފްކޮށް އެ އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ދޮށީއުމުރުގެ އިސްރަށްވެހިންގެ އަގުވަޒަންކުރުމާއި އެބޭފުޅުންނަށް ޚާއްޞަކޮށްގެން އުފާވެރި ގިނަ ފުރުސަތުތަކެއް ހޯދައިދީ އެއީ މުޖުތަމައުގެ ޚާއްޞަ ބައެއްކަން އަންގައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މި ހަރަކާތަކީ އޭއޯނިއުސް އިން، ނޫހުގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި އައްޑޫގެ ކޮންމެ ރަށަކުން ޖޯޑެއް ހޮވުމަށް ފަހު އޭގެ ތެރެއިން އެންމެ ލޯބި ޖޯޑު ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 65 އަހަރާއި 80 އަހަރާއި ދެމެދުގެ ދެމަފިރިންނަށް ވުމާއި އަލަތު ކައިވެނިމަތީގައި ދެމިތިބެ އަދި ކައިވެންޏަށް މަދުވެގެން 40 އަހަރުވުން ހިމެނެއެވެ.

އެވޯޑުގެ ބައިވެރިންގެ ތެރެއިން އައްޑޫގެ 6 ރަށުގެ ތެރެއިން ކޮންމެ ރަށަކުން ހޮވާނީ އެއްޖޯޑެވެ. އަދި މި 6 ޖޯޑު އެއްދުވަހަށް އީކުއޭޓަރ ވިލެޖްގައި ތިބެން ޖެހެއެވެ. މިގޮތަށް ތިބޭއިރު އެ ބޭފުޅުންނަށް ޚާއްޞަ ގިނަ ޕްރޮގްރާމުތަކެއް އީކުއޭޓަރ ވިލެޖްގައި ހަމަޖައްސާފައިވާނެއެވެ. އޭގެ ތެރޭގައި ރޮމެންޓިކް ޑިނާރ އަކާއި ހެލްތު ސްކްރީނާއި ފޮޓޯ ޝޫޓިންގެ އިތުރުން ހަޔާތުގެ ސަފްޙާތައް ކިޔައިދިނުން އޮންނާނެއެވެ. ހަމަ މިއާއެކު އިހުޒަމާނުގެ ތަފާތު ކުޅިވަރުތަކާއެކު އުފާވެރި އެއްދުވަސް އީކުއޭޓަރވިލެޖް ގައި ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ބައިވެރިންގެ ތެރެއިން އެންމެ ލޯބި ޖޯޑު ހޮވާނީ އީކުއޭޓަރ ގައި ހޭދަކުރާކުރުމުގައްޔާއި އެބޭފުޅުންގެ ހަޔާތުގެ ވާހަކަތަކުންނާއި ފޭސްބުކްގައި ހުޅުވާލާ ޕޯލްގައި ލިބޭ އާންމުންގެ ވޯޓާ އެކުގައެވެ.

ލޯބި ޖޯޑުގެ ގޮތުގައި ހޮވޭ 12 ބޭފުޅުންނަށް ވެސް ހަދިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ލޯބި ޖޯޑުގެ ގޮތުގައި ހޮވޭ ޖޯޑަކަށް ޚާއްޞަ އިނާމު ދެވޭނެއެވެ.

މި އިވެންޓް ސްޕޮންސަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އެވޯޑުގައި ބައިވެރިވެވޭނީ އެކަމަށް ކަނޑައެޅޭ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް 5 މާޗްގެ ކުރިން ހުށަހަޅާ ފަރާތްތަކަށެވެ. ބައިވެރިވުމުގެ ފޯމް އޭއޯ ނިއުސްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އެވޯޑާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ނޫހުގެ ހޮޓްލައިން 7782034 އަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެއެވެ.

3 ކޮމެންޓް
މާލާ
ފެބުރުއަރީ 20, 2018
Miyaai sharuthu kaminivei Kurin meehakaa indahfei hishas kami nivei Kurin meehakaa inas neenas 40 yrs ehkoh vegey fehey sharuthu hana veyh jehei
އަލީ
ފެބުރުއަރީ 20, 2018
Ava miyaah kurimathi lamey..
manik
ފެބުރުއަރީ 19, 2018
rangalha kamah