English Edition
Dhivehi Edition

މިއަހަރުގެ އޮކްޓޯބަރ މަހު އައްޑޫސިޓީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރަ ރިސޯޓުގެ ފުރަތަމަ ސާމްޕަލް ރޫމްތަކުގެ މަސައްކަތް ނިމި އިތުރު މަސައްކަތްތައް ކޮންޓްރެކްޓަރުންނަށް ހުޅުވާލައިފިކަމަށް އެ ރިސޯޓުން ބުނެފިއެވެ.

ސައުތު ޕާމް މޯލްޑިވްސްއިން ތަރައްގީކުރާ މި ރިސޯޓުގެ ސާމްޕަލް ރޫމްގެ ގޮތުގައި ބީޗްވިލާ 2 ރޫމާއި އޯޝަން ވިލާ 2 ރޫމުގެ އިތުރުން ވޯޓާ ވިލާގެ އެއްރޫމް މިހާރުވަނީ ގާތްގަނޑަކަށްހެން ނިންމާލާފައި ކަމަށް އެކުންފުނީގެ އެމްޑީ އަދި ސީއީއޯ މޫސާ ދީދީ ވިދާޅުވިއެވެ.

3 މަސް ތެރޭގައި ސާމްޕަލް 5 ރޫމުގެ މަސައްކަތް ނިންމާލާފައިވާއިރު ބާކީ ހުރި ތަންތަނުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކޮށް ނިންމާލުމަށް ކޮންޓްރެކްޓަރުންނަށް މިހާރު ވަނީ ހުޅުވާލާފައިކަމަށް މޫސާ ވިދާޅުވިއެވެ.

“ހެވީ އިކުއިޕްމަންޓްސް ތައް މިހާރު އަތުވެއްޖެ. މޫދުގެ ހުރިހައި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުންފުންޏަކާ ހަވާލުކޮށް އެމްއޯޔޫގައި ސޮއިކޮށް ނިމިފައިވާނީ. ފޭދޫ އޯޕީއެޗް އާއި ހަވާލުކުރި މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ” ކަމަށް މޫސާ މައުލޫމާތު ދެއްވިއެވެ.

އިސްމެހެލާ ހެރައިގައި މިވަގުތު ހަދާ 80 ރޫމުގެ މަސައްކަތް މި މަސްތެރޭގައި ކޮންޓްރެކްޓަރުންނަށް ހުޅުވާލާނެކަމަށް ސައުތުޕާމްއިން ވަނީ ބުނެފައެވެ.

“ޕްރޮޖެކްޓް ކޮމްޕްލީޓް ކުރުމަށް، އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓްސް ތަކާއި މެޝިނަރީސް ތަކެއް މިހާރު ހުރީ ހޯދާ ނިންމާފައި. ޕަވަރ ހައުސް ނިންމުމުގެ މަސައްކަތުގެ އެމްއޯޔޫގައި މިމަހުގެ ސޮއިކޮށް އެމަސައްކަތް ވެސް ފެށޭނެ. މިހާރު ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. ފުލް ސްޕީޑްގައި މަސައްކަތް ކުރިއަށް މިދަނީ. ރިސޯޓުގެ މަސައްކަތް ކުރިއަށް ދާ ގޮތާއި ބެހޭގޮތުން “އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަވަމުން މޫސަ ކިޔައިދެއްވެވިއެވެ.

“މަސައްކަތް ކުރަމުންދާ ސްޕީޑްގައި ކުރިއަށް ދިއުމަށް އެއްވެސް ދަތިކަމެއް ނެތި ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ދުވަހަށް ރިސޯޓު ހުޅުވޭނެ”

2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރައިގެ 60 ރޫމް މިހާރުވެސް ވަނީ ވިއްކާލާފައެވެ. ޔޫރަޕްގެ ޗާޓަރ ފްލައިޓެއް ގެސްޓުން ގޮވައިގެން މި އަހަރުގެ އޮކްޓޯބަރ މަހު އައްޑޫއަށް އަންނާނެކަމަށާއި އެހާ ހިސާބަށް ރިސޯޓު ހުޅުވޭނެ ކަމަށް ދަނީ އަބަދުވެސް މޫސަ ގެންދަވަނީ ވިދާޅުވަމުންނެވެ.

30 ވޯޓާ ވިލާއާއި 70 ބީޗް ވިލާއާއެކު އިސްމެހެލާހެރަ އައިލެންޑް އެންޑް ސްޕާގެ ފުރަތަމަ ފޭސްގެ މަސައްކަތް ތައް ނިންމާލެވޭއިރު މިއީ ހުޅުމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން ޔަގީނެވެ.

1.5ކިލޯމީޓަރުގެ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތަށް ތަރައްގީކޮށް ހުޅުމީދޫގެ އިގްތިޞާދަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ.

 

2 ކޮމެންޓް
ރޫހުލް އަމީން
ފެބުރުއަރީ 18, 2018
ދެން އެހެންމެއި އަފިރިން ރަށ ކީއްޕޭ މެން ތިބޭނެއި ދޮން ކުދިން ބަލާއް ގޮސްސެއި .. ކޮޅުން ހުއްޓެނެއި ތެވީލެކުން.
Fathun de laby
ފެބުރުއަރީ 18, 2018
Need a job