English Edition
Dhivehi Edition

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުލަބްތަކުގެ ހުށައެޅުން ލިބުނު ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް ހުށައެޅުމަކަށް އިޖާބަ ނުދިނީ އާސެނަލްގް ކޮންޓްރެކްޓަށް އިހްތިރާމް ކުރާތީ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

މިދިޔަ ސީޒަންގައި އާސެނަލް އާއި އެކީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުން އިތުރު ދެ އަހަރު އާސެނަލްގައި މަޑު ކުރުމަށް ވެންގާ ވަނީ އެއްބަސް ވެފައެވެ.މިހެން ކަމުން ވެންގާ މިހާރު އާސެނަލް އާއި އެކީ ހަދާފައިވާ ކޮންޓްރެޓް ހަމަ ވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ.

ވެންގާގެ ކޮންޓްރެޓް އާސެނަލް އިން އާކޮށްފައި ވީ ނަމަވެސް މި ސީޒަންގައި ވެންގާގެ ކޯޗް ކަމުގެ ދަށުން ލީގުގައި އާސެނަލް ދައްކަމުން ގެންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން ޖެހި ޖެހިގެން ދެވަނަ އަހަރު ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމުގެ ބިރުވަނީ ބޮޑުވެފައެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ސްވިޑަންގެ އޮސްޓާސުންޑްސް އަތުން ރަށުން ބޭރުގައި 3-0 ލަނޑުން މޮޅުވި މެޗަށް ފަހު ވެންގާ ބުނީ ބޮޑެތި ގިނަ ކުލަބް ތަކުގެ ހުށަ އެޅުން ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އާސެނަލްގެ ކޮންޓްރެކްޓަށް އޭނާ އިހްތިރާމް ކުރަން ބޭނުން ވާކަމަށެވެ.

“އެންމެންނަށް ވެސް އަހަރެން ހަނދާން ކޮށްލަދޭން ބޭނުންވަނީ ދުނިޔޭގެ ބޮޑެތި ކުލަބްތަކުން އަހަރެންނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމާއި މި ހުރިހާ ކުލަބްތަކަށް އަހަރެން ނޫނެކޭ ބުނެފައިވަނީ އާސެނަލް އާއި އެކީ ހަދާފައިވާ އެއްބަސްވުމަށް އިހްތިރާމް ކުރަން ކަމަށް”ވެންގާ ބުންޏެވެ.

ވެންގާ އިތުރަށް ބުނީ އެއްވެސް މީހަކަށް ވަޒީފާގައި އަބަދަށް ދެމި ހުރެވޭނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށާއި އޭނާ ބޭނުން ވަނީ ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންތަށް ރަނގަޅުކޮށްގެން ކާމިޔާބު ހޯދަންކަމަށެވެ.

އިނގިރޭސި ޕްރިމައަ ލީގުގައި މިވަގުތު އާސެނަލް 45 ޕޮއިންޓާއި އެކު ހަވަނާގައި އޮތްއިރު ހަތަރު ވަނާގައި އޮތް ޗެލްސީ އާއި ދެމެދު 8 ޕޮއިންޓްގެ ތަފާތެ އެބައިނެވެ.

ޗެމްޕިއަން ލީގުގެ ޖާގެއް ލީގުގެ ގަދަ 3 ކަށް ކަށަވަރު ވާއިރު ހަތަރުވަނައަށް ދާ ޓީމުން ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.