English Edition
Dhivehi Edition

އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް ހައްޔަރުކޮށްފިއެވެ.

އަދުހަމްގެ އަންހެނުން ޝަހުމާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 2 ޖަހާކަށްހާއިރު އެމްޑީޕީ ހަރުގެ ކައިރިންކަމަށެވެ. އަދި މިހާތަނަށް އާއިލާއަށް އެކަމުގެ މައުލޫމާތު ފުލުހުން ދީފައިނުވާކަމަށް ވަނީ އޭނާ ވަނީ ބުނެފައެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އަދުހަމް ހައްޔަރުކުރީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވަނިކޮށް މިއަދު އެމްޑީޕީން އިންތިޒާމުކުރި ލޮރީބުރާއި ގުޅިގެންނެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ތަންފީޒު ކުރުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތައް ތާއީދުކޮށް މިއަދު އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ވަނީ މުޒާހަރާކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިއަދު ވެހިކަލް ބުރެއް ކުރިއަށްދަނިކޮށް ފުލުހުން ނިކުމެ ވަނީ ވެހިކަލްބުރު ހުއްޓުވައިފައެވެ. ޝީލްޑް ހިފައިގެން ތިބި ފުލުހުން ނިކުމެ ވެހިކަލް ބުރު ހުއްޓުވީ ލިންކް ރޯޑުންނެވެ.

ފުލުހުން ވަނީ މިއަދު ރާއްޖޭގެ އެއްވެސް ރަށެއްގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެފައެވެ.