English Edition
Dhivehi Edition

އައްޑޫ އެމްޑީޕީ ސަޕޯޓަރުންގެ ފަރާތުން އިންތިޒާމުކޮށްގެން “ތަންފީޒީ ލޮރީބުރު” ގެ ނަމުގައި ހިތަދޫގައި މިއަދު ލޮރީ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ސްޕްރީމްކޯޓުގެ ހުކުމާ ގުޅިގެން ޙުކުމް ތަންފީޒު ކުރުމަށް ގޮވާލާ މި ލޮރީ ބުރު މިއަދު ހަވީރު 4:00 ގައި އެމްޑީޕީ ހިތަދޫ ހަރުގެ ކައިރިން ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން ކަންތައްތައް ކުރަމުންގެންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިންސާފަށް ގޮވާލުމަށް އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި މިއަދު އެއްވުން ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް އެފަދަ އެއްވެސް އެއްވުމެއް ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ނުބޭއްވޭނެ ކަމަށާއި އެކަމަށް ފުރުސަތެއް ނުދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރޭ ވަނީ ބުނެފައެވެ،

1 ކޮމެންޓް
އަލީ ފާރޫގު
ފެބުރުއަރީ 16, 2018
ނުކުންނަށުމާ. ބޮނޑަކަމަކަށް ގޮޅި އަށް ނުނީ ލާނެއި. ބިރަށް ނިގަނި