English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން ބާއްވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” މިރޭ ފަށާނެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ހިތަދޫ މަނިކު ދަނޑުގައެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މައިލޯ އެފްސީއާއި، ފަސްގަނޑަ އެފްސީއެވެ. މިމެޗު ފަށާނީ 22:00 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއި، މޯލްޑިވިއަންއެވެ. މިމެޗު ފަށާނީ މިރޭ 23:00 ގައެވެ. މުބާރާތް ޖުމްލަ 16 ޓީމް ބައިވެރިވެފައިވެއެވެ. އެޓީމް ތައްވަނީ 4 ބަޔަކަށް ބަހައިފައެވެ. ގްރޫޕް އޭ ގައި ހިމެނޭނީ މައިލޯ އެފްސީ އާއި ފަސްގަނޑަ އެފްސީ އާއި ޓީމު ޓެކް އާއި އެފްސީ ޓައިޓެންސްއެވެ. ގްރޫޕް ބީގައި ހިމެނެނީ އެފްސީ ޒެފިއާ އާއި މޯލްޑިވިއަން އާއި އެފްސީ ބޭރުމަތި އާއި ފްރެންޑްސް ކްލަބެވެ. ގްރޫޕް ސީގައި ހިމެނެނީ ފެލްކަންސް އެފްސީ އާއި ސީންސް އެފްސީ އާއި ސްކޫޕް ކަންމައްތި އަދި މަރަދޫ އެފްސީއެވެ. ގްރޫޕް ޑީގައި ހިމެނެނީ ޒެލޯން އާއި ފެނަކަ އާއި ޗެލެންޖާސް އަދި މަލްޓި ޖީނިއަސްއެވެ. މިއީ އައްޑޫސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުސަލް މުބާރާތެވެ، މުބާރާތުގެ ޗެމްޕިއަންޓީމަށް އެއްލައްކަރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅައިފައެވެ. ރަނައަޕް ޓީމަށް ހުށަހަޅައިފައިވަނީ ތިރީސްހާސް ރުފިޔާއެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ ތިލަފުށި ކޯޕަރޭޝަނެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ އެކްސްޓްރީމް އާއި ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކަ ކޯލާއެވެ. ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑެވެ.