English Edition
Dhivehi Edition

ނިމިގެންދިޔަ ޖެނުއަރީމަހު އެކަނިވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެތަނުން ހާމަކޮށްފިއެވެ.

މީރާ އިން ބުނިގޮތުގައި މިއަދަދަކީ މިއަހަރު ޖެނުއަރީގައި ލިބޭނެ ކަމަށް ކުރިން އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ 10.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މިދިޔަމަހު ލިބުނު އާމްދަނީގެ ބޮޑު އާމްދަނީ އެއްލިބިފައިވަނީ ބީޕީޓީ އިންނެވެ. އެއީ 872.07 މިލިއަން ރުފިޔާއެވެ. ޖީއެސްޓީގެ ގޮތުގައިވަނީ 825.02 މިލިއަން ރުފިޔާ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 102.52 މިލިއަން ރުފިޔާވަނީ ލިބިފައެވެ.

ފަތުރުވެރި ކަމަށްދީފައިވާ ބިމުގެ ކުލީގެ ގޮތުގައި 79.37 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އެކިޔުސިޝަންއާއި، ކޮންވާޝަން ފީގެ ގޮތުގައި 69.51 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެނިގެން ޓެކުހާއި، ފީގެ ގޮތުގައި 243.37 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާއިން ބުނެފައިވެއެވެ.

މިފައިސާގެ ތެރެއިން ޑޮލަރުން ޖަމާކޮށްފައިވަނީ 73.7 މިލިއަންއެވެ. މިދިޔަ އަހަރު ޖެނުއަރީގައިވެސް މީރާއަށްވަނީ 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

ޓެގު