ޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ ފަސް އުސޫލެއް މީރާއިން ޝާޢިއުކޮށްފިއެވެ.
މިގޮތުން މީރާއިން އާންމުކޮށްފައިވާ އުސޫލުތަކަކީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލާއި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެވެ. އަދި އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލާއި ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލު މުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި ޖޫރިމަނާ ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތު ގެ އުސޫލެވެ.
ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިޢާޔަތްކޮށް، އެ ފަރާތްތަކަށް ދެވުނު ލުއިއެއްގެ ގޮތުން، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން ވަނީ ހުއްޓާލައިފައިކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ނަމަވެސް، 1 އެޕްރީލް 2022 އިން ފެށިގެން، ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުކެ ޓެކުހުގެ އިލްތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން އިލްތިމާސްކޮށްފައިވެއެވެ.
މި އުސޫލުތަކަށް ޢަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ “މީރާގެ އެންފޯސްމަންޓް ޕޮލިސީ” އުވިގެންދާނެކަމަށް މީރާއިން ހާމަކުރެއެވެ.