English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރުވި އިރު މެންޗެސްޓަރ ސިޓީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޖުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވެފައިވަނީ 2-2 ލަނޑުންނެވެ.

ރޭ ކުޅުނު މި މެޗުގައި ގޮންޒާލޯ ހިގުވައިންގެ ލަނޑުން ޖުވެންޓަސް އަމިއްލަ ދަނޑުގައި ލީޑު ނެގި ނަމަވެސް މިސީޒަންގައި މޮޅު ކުޅުމެއްދައްކަމުންގެންދާ ހެރީ ކޭން އާއި ކްރިސްތިއަން އެރިކްސަންގެ ލަނޑުތަކުން ޓޮޓެންހަމްވަނީ މެޗު އެއްވަރު ކޮށްފައެވެ.

ރޭގެ މެޗު އެއްވަރުވިއިރު މިއީ ޓޮޓެންހަމް އިން ބަލިނުވެ ފުރިހަމަކުރި 13 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މި ސީޒަންގައި އަލަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ނަމަވެސް އެޓީމުނ ގްރޫޕް ސްޓޭޖުގައި ޓޮޓެންހަމް އިން ވަނީ ޖަރުމަނު ބްރޫޝިއާ ޑޯޓްމަންޑާއި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑު ވެސް ބަލިކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލްގެ މައްޗަށް 0-4 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ޕްރިމިއަ ލީގުގެ ގަދަ ބާރު މެންޗެސްޓަރ ސިޓީ ވަނީ ޖެހިލައިފިއެވެ.

ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގުންޑޮގާން ސިޓީއަށް ކާމިޔާބުކޮށްދިން އރު އޭގެ ހަތަރު މިނެޓްފަހުން ބަނާޑޯ ސިލްވާ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާޖިއޯ އަގުއެރޯ ވަނީ ސިޓީގެ ލީޑު 3-0 ލަނޑައަށް ފުޅާކޮށްދީފައެވެ.

ރޭގެ މެޗުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދީފައިވަނީ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އަގުއޭރޯއެވެ.

ޔުވެންޓަސް އާއި ޓޮޓެންހަމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކުޅޭއިރު ހަމަ އެރޭ ސިޓީ އާއި ބާސެލް ކުޅޭ ދެވެނަ ލެގުގެ މެޗު ވެސް އޮންނާނެވެ.

މި ދެ މެޗުވެސް ކުޅުމަށް ހަމަ ޖެހިފައިވަނީ ރާއްޖެ ގަޑިން 00:45ގައެވެ.