މަލަޔާލަމް ފިލްމު “އޯރޫ އާދާރް ލަވް” ގެ ތަރި ޕްރިޔާ ޕްރަކާޝްގެ ރީތި ހިނިތުންވުމާއި އެކު މީސްމީޑިއާގައި އޭނާއަށް އޮއްސަމުންދާ ތައުރުފާއި ލޯތްބަށް ޕްރިޔާ ޝުކުރުއަދާކޮށްފިއެވެ
މި ފިލްމުގެ ލަވައެއްގެ ތަންކޮޅެއް މީސް މީޑިއާއަށް އަޕްލޯޑް ކޮށްލުމުން ގިނަ ބައެއްގެ ސަމާލުކަން ޕްރިޔާއަށް ލިބިފައިވާއިރު މި ވީޑިއޯ އިން ފެނިގެންދަނީ ޒުވާން ފިރިހެން ކުއްޖަކު އަންހެން ކުއްޖަކާ ދިމާއަށް ބަލާމުމަށްފަހު އެއް ބުމަ އަރުވާލާ މަންޒަރާއެކު އަންހެން ކުއްޖާ އޭގެ ރައްދުގައި ދެ ބުމަ އަރުވާލާ މަންޒަރެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން ފިރިހެން ކުއްޖާ ދެ ބުމަ އަރުވާލުމުން ދެން މި އަންހެން ކުއްޖާ މަރާލަނީ އެއްލޮލެވެ. ދެން ފެނުނީ ފިރިހެން ކުއްޖާ ލަދުން ކުރާނެ ކަމެއް ނޭގި ފިރިހެންކުއްޖާގެ ކައިރީގައު ހުންނަ ރަހްމަތްތެރިޔާ ގައިގައި ހިފައިގެން ލަދުން އިސްޖަހާލާ މަންޒަރެވެ
“މަލަކިޔާ މަލަރިއާ ޕްރުވީ ކިޔާ ލަވައިގެ މަންޒަރުގައި ޕްރިޔާގެ މޫނަށް ގެނެންނަމުން ދިޔަ ‘ލޯބި ހަރަކާތްތަކުގެ’ ސަބަބުން އޭނާއަށްވަނީ ގިނަ ބައެއްގެ ލޯބިލިބިފައެވެ. މި ލަވައ މިހާތަނަށް 14 މިލިއަނަށްވުރެ ގިން މީހުން ބަލާފައިވާއިރު ޕްރިޔާ ވަނީ އޭނާއަށް ތާއިދުކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ” އަހަންނަށް ދެމުންދާ ލޯތްބާއި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެންމެން ކުރާ ހުރިހާ މެސެޖްތަކައް ޖަވާބު ނުދެވުނަސް އަހަރެން ބަލާނަން އެންމެންނަށް ވެސް ޖަވާބު ދެވޭތޯ. ” ޕްރިޔާ ކުރި ޓުވިޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ މި ފިލްމާ އެކު އޭނާގެ ވަރަށް ބޮޑެތ ހުވަފެންތަކެއް ހަގީގަތަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.
މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ފަހަރު ގޫގުލް ސާޗްކުރި އިންޑިއާގެ އެކްޓްރެސްގެ މަގާމު ވެސް މިހާރު ހޯދާފައިވާ ޕްރިޔާގެ އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދުވެސް ވަނީ 2.3 މިލިއަން އަށް އަރާފައެވެ