English Edition
Dhivehi Edition

ރޭ އިދިކޮޅުން އެއްވުން ކުރިއަށްގެންދިޔަ ވަގުތު އެމްޑީޕީ ހަރުގެ ސަރަހައްދުގައި މަޑުކޮށްލެއްވީ ރަސްމީގޮތުން ކަމެއް ބަލައި ހެދުމުގެ ބޭނުމުގައި ނޫންކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ

ރޭ އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދިޔަ ސަރަހައްދުގައި ސަފީރު ޖަންގް ލިޖޮންގް މަޑުކޮށް ބައެއް ފަރާތްތަކާއި ވާހަކަދައްކަވައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ސަފީރު ވަނީ އެކަން މާ ބޮޑު ކަމަކަށް ނުހެއްދެވުމަށް އެދި ވަޑައިގެންފައެވެ.މީގެ އިތުރުން ޖަންގް ލިޖޮންގް ވިދާޅުވީ އިދިކޮޅުން މުޒާހަރާ ކުރާ ސަރަހައްދަކީ އެމްބަސީއާ ކައިރި ސަރަހައްދަކަށް ވުމުން އެމްބަސީއަށް ހިންގަވާފައި ވަޑައިގަތް މަގުމަތީގައި އެތަނަށް މަޑުކޮށްލެއްވީ ކަމަށާއި އެއީ އެއްވެސް ރަސްމީ ހައިސިއްޔަތަކުން ކުރެއްވި ކަމެއް ނޫންކަމުގައެވެ

މީގެ އިތުރުން ޖަންގް ލިޖޮންގް ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ މައްސަލަތަކުގެ ތެރެއަށް ޗައިނާއިން ވަންނަން ބޭނުން ނުވާކަމަށާއި މި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކޮށް ގައުމުގެ ކަންކަން ވީހާވެސް އަވަހަށް ސުލްހަވުމަށް އުންމީދުކުރައްވާކަމަށެވެ