English Edition
Dhivehi Edition

އޭއޯ ނިއުސްގެ 3 ވަނަ މަދަހަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ޝަމްސުއްދީން ސްކޫލުގައި އޮންނާނެއެވެ. މިއަދު ހަވީރު ހަތަރެއްޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި،ހުޅުދޫ މީދޫ ކުދިންގެ މަދަހަ ކިޔުން މިއަދާއި މިރޭ ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 7 އަހަރުން ދަށުގެ ކުދިންނާއި 13 އަހަރުން ދަށުގެ ކުދިންގެ މަދަހަ ކިޔުން އޮންނާއެވެ. އަދި މިރޭ 20:00އިން ފެށިގެން 13 އަހަރުން ދަށުގެ ކުދިންނާއި 19 އަހަރުން ދަށުގެ ކުދިންގެ މަދަހަ ކިޔުން ކުރިއަށްދާނެއެވެ. ޖޫން 25 އިން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މުބާރާތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކުދިންގެ މަދަހަ ކިޔުން 27 އަދި 28 ގައި ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހިތަދޫގައެވެ ބޮޑެތި އިނާމުތަކެއް ހުށަހަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މުބާރާތުގައި މިފަހަރުވެސް މުޅި މުބާރާތުގެ 1 ވަނަ އަށް ޢުމުރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ހަނދާނީ ލިޔުމެއް ދޭނެއެވެ.