English Edition
Dhivehi Edition

ދުނިޔޭގައި މިވަގުތުހުރި އެންމެ ހޮޓެލް “ޖެވޯރާ” ދުބާއީގައި އިއްޔެ ހުޅުވައިފިއެވެ.

އެހޮޓާ އިމާރާތްކޮށްފައިވަނީ 75 ބުރިއަށެވެ. އިމާރާތުގެ އުސްމިނަކީ 1167 ފޫޓެވެ. ހޮޓަލުގައި ޖުމްލަ 528 ކޮޓަރިހުރެއެވެ. ވިދާބަބުޅާ މިރީތި ހޮޓަލާމެދު ގެސްޓުންތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

މިހޮޓާ ގެސްޓުންނަށް އާންމުކޮށް ހުޅުވުމަށްފަހު ޚިދުމަތްދޭން ހަމަޖެހިފައިއޮތީ މިއަދުއެވެ. މިއީ ދުނިޔޭގައި މިވަގުތުހުރި އެންމެ އުސް ހޮޓަލެވެ. އޭގެ އިތުރަށް ދުނިޔޭގައި މިވަގުތުހުރި އެންމެ އުސް އިމާރާތްވެސް ހުރީ ދުބާއީގައެވެ. އެއީ ޚަލީފާ އަލް ބްރިޖެވެ.