English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ރެލިގޭޝަން ޒޯންގައި އޮތް ނިއުކާސަލް އަތުން 1-0 ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު ޔުނައިޓެޑްއަށް ވަނީ މެޗުގެ ފުރަތަމަ ފުރަތަމަ ހާފްގައި ވެސް ލަނޑު ޖަހާނެއް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމިފައިވާއިރު ޔުނައިޓެޑްއަށް ވަނީ ފުރަތަމަ ހާފްއަކީ އެތްގޮތަށް ދެވަނަ ހާފްގައި ވެސް ލަނޑު ޖަހާނެ ހުސްގިނަ ފުރުސަތުތަކެއް ލިބިފައެވެ.މިގޮތުން ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ އެލެކްސިސް ސަންޗޭޒް އަށް ވަނީ ގޯލްޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ނިއުކާސަލްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ސަންޗޭޒް ފޮނުވާލި އެ ހަމަލާ ނިއުކާސަލްގެ ޑިފެންޑަރަކު ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަ ހައްޓައިގެން ޔުނައިޓެޑް ކުޅުނު ނަމަވެސް މެޗުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ މެޗުގެ 65 ވަނަ މިނެޓްގައި މެޓް ރިޗް ވަނީ ލިބުނު މަދު ފުރުސަތުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ހިފައި ނިއުކާސަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް މެޗުން މޯޅު ކޮށްދީފައެވެ.

މި މެޗުން ޔުނައިޓެޑް ބަލިވިމުން ލީގު ހޯދުމަށް އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ ހަ މޮޅެވެ

މި މެޗުން ބަލިވި ނަމަވެސް ޔުނައިޓެޑް އަދިވެސް އޮތީ އަދިވެސް 56 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި 72 ޕޮއިންޓާ އެކު މެންޗެސްޓަ ސިޓީއޮތް އިރު ޔުނައިޓެޑް އަތުން މޮޅުވި ނިއުކާސަލް އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ