English Edition
Dhivehi Edition

އަޅުގަނޑުމެން އެންމެންވެސް “ވިނެގަރ” ނުވަތަ ރާހުތް އާންމުކޮށް ބޭނުން ކުރަނީ ބަދިގޭގައި ކެއްކުމަށާއި އަންނައުނު ފަދަތަކެތި ރީތިކޮށް ދޮތުމަށެވެ. ނަމަވެސް ފައިތިލަޔަށް ދިމާވާ އެކި އެކި މައްސަލަތަކަށް ވިނެގަރ ބޭނުން ކޮށްގެން ފަރުވާ ކުރެވިދާނެ ވާހާކަ ބުނުމުން ތިޔަބޭފުޅުން ހައިރާން ވެދާނެއެވެ. ވިނެގާ ބޭނުންކޮށްގެން ފަޔަށް ދެވޭ “ފޫޓް ބާތް” އަކީ ވަރަށް ގިނަ ގޮތްގޮތުން އަޅުގަނޑުމެންނަށް ފައިދާ ކުރާ ކަމެކެވެ

ފައިތިލައަކީ ހިރަފުސް ޖެހި އަދި އެހެނިހެން ގޮތްގޮތުން ވެސް އެންމެ އަވަހަށް ހަޑިވެ ހަމުގެ މައްސަލަތައް ޖެހޭ އެއް ގުނަވަނެވެ. މިގޮތުން ހަންފޮޅުމާއި ހަން ކުރަކިވެ ފަޅައިގެން ދިޔުން އަދި އިންފެކްޝަން ގެ މައްސަލަތައް ދިމާވެއެވެ

ވިނެގަރ އަކީ އޭގެޒާތުގައި މީރުވަހެއް ދުވާއެއްޗެއްނޫނެވެ. އެހެން ނަމަވެސް ވިނެގަރ އިން އަޅުގަނޑުމެންގެ ފައިގައި ހުންނަ ބެކްޓީރިޔާ ތައް ނައްތާލާ ބަލިތަކުން ސަލާމަތް ކޮށްދެއެވެ. މި ފަރުވާޔަށް ހަމައެކަނި މިބޭނުން ވަނީ އިތުރު ތައާރަފަކަށް ބޭނުންނުވާ ފަސޭހައިން ލިބެން ހުންނަ ވިނެގަރ އެކެވެ. އެއީ އެޕަލް ސައިޑަރ ވިނެގަރ އެވެ. ވިނެގަރ ބޭނުން ކޮށްގެން ފޫޓް ބާތް ކުރާވާހަކަ އަޅުގަނޑުމެންނަށް އާވާހަކަޔަކަށް ނުވެދާނެއެވެ. ނަމަވެސް ވިނެގަރ ބޭނުންކޮށްގެން ކުރެވޭ އެހެން ފަރުވާތައްވެސް މަދެއް ނޫނެވެ. މިގޮތުން ނޭވާހިއްލުމުގެ ބަލިތަކަށާއި، ހަޖަމްގެ ނިޒާމު ރަނގަޅުކުރުމަށް އަދި ބަރުދަން ލުއިކުރުމަށް ވެސް އެޕަލް ސައިޑަރ ވިނެގަރ ބޭނުން ކުރެއެވެ. ބޮލުގައި ހަންފޮޅޭ މައްސަލަ އަދި ކަރުތެރޭ ގެ އުނދަގޫތަކަށް ވެސް އެޕަލް ސައިޑަރ ވިނެގަރ ބޭނުން ކުރެއެވެ

:ފުޓް ބާތް ފަރުވާ ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ފެން އެޅުމަށް ފަހު ވަރަށް ކުޑަކޮށް ހޫނުކޮށްލާށެވެ. (ހޫނު ކުރާނީ ފަޔަށް ކެތްވާ ވަރަށެވެ.)

ފައިން ފޮޅިފައިވާ ހަންތައް ނައްތާލުމަށް ވިނެގަރ އާއި ތާފަނާ ފެން އެއްކޮށްލުމަށް ފަހު ފެނުގެ ތެރެޔަށް ފައި ލުމަށްފަހު 45 މިނެޓް ވަންދެން ބެހެއްޓުމުން، ހީވެސް ނުކުރާހާ އަވަހަށް ފައިން ފޮޅިފައިވާ ހަންތައް ފިލައިގެން ދާނެއެވެ. އަދި މީގެ އިތުރަށް ފައިތިލަ މަޑުކޮށްދިނުމާއި ފައިން ދުވާ ނުބައި ވަސް ފިލުވައިދެއެވެ. ވިނެގަރ އަކީ މީރުވަސް ދުވާއެއްޗަކަށް ނުވާތީ، ބޭނުން ވާނަމަ މީރުވަސް ދުވާ އެއްޗެއް ފެނުގެތެރެޔަށް އަޅާލެވިދާނެއެވެ

:ބަރުދަން ލުއި ކުރުމަށް ފަރުވާއެއް

ކޮންމެ ދުވަހަކުވެސް 1 ތަށި ފެނަށް، 1 ނުވަތަ 2 ސައިސަމުސާ އެޕަލް ސައިޑާރ ވިނެގަރ އެޅުމަށް ފަހު، ތިންއިރު ކެއުމުގެ ކުރިން ބޭނުން ކުރުމުން، އޭގައި ހިމެނޭ ޕެކްޓިން ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން ބަނޑުހައިކަން ދުރުކޮށްދީ، ކާންވާވަރަށް ވުރެން އިތުރަށް ކެއުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ވިނެގަރގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ހަށިގަނޑަށް ބޭނުންކުރެވޭ މިންވަރު އިތުރުކޮށްދީ، ހަޖަމުކުރުމަށް ފަސޭހަކޮށްދެއެވެ

:ބޮލުގައި ހަންފޮޅުމަށް ފަރުވާއެއް

ފެނާއި އެޕަލް ސައިޑަރ ވިނެގަރ އެއް މިނެއްގައި އެއްކުރުމަށްފަހު، ޝޭމްޕޫ ލައި ބޯ ދޮވުމަށްފަހު ބޮލަށް މި ސޮލިއުޝަން ސްޕްރޭ ކޮށްލާށެވެ. އަދި އެއަށްފަހު 15 މިނެޓްކޮށްލާފައި ފެނުން ބޯ ދޮވެލާށެވެ. ވިނެގަރ ގައި ހިމެނޭ އެސިޑިޓީގެ ސަބަބުން ހަންފޮޅުމަށް މަގުފަހިކުރާ ފަންގަސް ނައްތައިދޭނެއެވެ