ފްރާންސް ގައުމީ ޓީމް އަދި މެންޗެސްޓަރ ޔުނައިޓެޑްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ ޕޯލް ޕޮގްބާ ރޭ ނިއުކާސަލް އަތުން ބަލިވި މެޗުގައި ބަލިވި ސަބަބު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ހާމަ ކޮށްފިއެވެ
ރޭ ނިއުކާސަލް އަތުން 1-0 ލަނޑުން ޔުނައިޓެޑް ބަލިވި މެޗުގެ 66 ވަނަ މިނެޓްގައި ޔުނައިޓެޑްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން ގެންދިޔަ ޕޮގްބާ ބާލާފައިވަނީ އަނިޔާގެ ސަބަބުން ނޫން ކަމަށާއި އެއީ ޓެކްނިކަލް ބަދަލެއް ކަމަށް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ
މޮރީނިއޯ ވަނީ ރޭގެ މެޗުގައި ޕޮގްބާގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މައިކަލް ކެރިކް ކުޅެން ނެރެ ލިންގާޑްގެ ބަދަލުގައި މަޓާ އަރުވާފައެވެ މޮރީނިއޯ ބުނީ މި ބަދަލުތަށް ގެނެސްފައިވަނީ ޓީމްގެ ކުޅުން ބަދަލުކޮށް މި ޓްރާންސްފާގައި ޔުނައިޓެޑް އާއި ގުޅުނު ސަންޗޭޒް އާއި ލުކާކޫގެ ބޭނުން ބޮޑަށް ހިފުމުގެ ބޭނުމުގައި ކަމަށެވެ
ރޭގެ މެޗުން ޔުނައިޓެޑް ބަލިވުމުން އެއް ވަނާގައި އޮތް މެންޗެސްޓާރ ސިޓީ އާއި ދެމެދު އޮތް ފަރަގު 16 ޕޮއިންޓަށް ބޮޑު ވެފައިވާއިރު ސިޓީއަށް ކުރި އަށް އޮތް ހަމެޗު ކާމިޔާބުކޮށްގެން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ