English Edition
Dhivehi Edition

މެންޗެސްޓަރ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީޓީމްގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިންނަޑް އާއި އޭނަގެ ލޯބިވެރިޔާގެ އިތުރުން 3 ކުދިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރިއޯ ގެ އާއިލާ ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އަންނަ މަންޒަރު ފެނެނަ ފޮޓޯ ލޯބިވެރިޔާ ކޭޓްވަނީ އިންސްޓަގްރާމް ގައި ހިއްސާކޮށްފައެވެ.

ރިއޯ ގެ އާއިލާ މިވަގުތު ޗުއްޓީހޭދަކުރަމުން ދަނީ ރާއްޖޭގެ ޕްރައިވެޓް ރިސޯޓެއްކަމަށްވާ “ކުޑަޑޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް” ގައެވެ. އެނގިފައިވާ ގޮތުގައި ރިއޯ ގެ އާއިލާ ގޮވައިގެން އޭނަ ރާއްޖެ އައިސްފައިވަނީ މީގެ ދެދުވަސްކުރިންނެވެ.

އުމުރުން 27 އަހަރުގެ ކުރީގެ ޓީވީ ސްޓާ ކޭޓް އާއި 40އަހަރުގެ ރިއޯ ޑޭޓް ކުރަންފެށީ ރިއޯގެ ކުރީގެ އަނބިމީހާ ރެބެއްކާ މަރުވިތާ ދެއަހަރުފަހުންނެވެ. ރިއޯއާއި ކޭޓް އެންގޭޖް ވެފައިިވަނީ މިއަހަރު އޮކްޓޯބަރ މަހުގައެވެ. ރިއޯ ގެ ތިންކުދިން ކަމަށްވާ ލޮރްންޒް، ޓޭޓް އަދި ޓި އާގެ މަންމަ ރެބެއްކާ މަރުވެފައިވަނީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުއެވެ.