English Edition
Dhivehi Edition

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއަކީ ނާމާން ގައުމެއްގެ ގޮތުގައި ބާއްވައި އެކަން ބޭރު ދުނިޔެއަށް ދެއްކުމަށްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ޤައުމަށް ގެނެސް ދެއްވަމުންދާ ތަރައްޤީ ހުއްޓުވުމަށްކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކަކީ ޒިންމާވާނެ މީހަކުނެތި އެއްވެސް ހަމައެއްލަމައެއްނެތި ހިނގަމުންދާ ޕާޓީތަކެއްކަމަށް ސައީދު ވިދާޅުވިއެވެ

މީގެ އިތރުން ސައީދު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި އިދިކޮޅު ލީޑަރުން ހިންގަމުން ގެންދާ ކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުން ލިބެމުންދާކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއިން ފެނިގެންދަނީ ހިތާމަވެރި މަންޒަރުތަކެއްކަމަށެވެ