English Edition
Dhivehi Edition

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޕްރިމިއާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ

ކުރިން މި މަހު 2 ގައި ފެށުމަށް ހަމަޖެއްސުމަށް ފަހު ދިމާވި އެކި ސަބަބުތަކާއި ހެދި ފަސްކުރި ޕްރިމިއާ ބުރާސްފަތި ދުވަހުގެ ރޭ ދިހައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު އޮޑިޝަންގެ ޝޯތައް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ

ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯ އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑިރެކްޓަރު މުހައްމަދު ނިޔާޒް (ގަމް) ވިދާޅުވީ އާންމުކޮށް އައިޑަލް ދައްކާނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ

މި އަހަރުގެ ސީޒަން ހޮސްޓުކުރުމަށް ހަމަޖެހިފައިވަނީ ކުރީ ދެ ސީޒަން ވެސް ހޮސްޓުކުރި މުސާ ވަސީމްގެ އިތުރުން އަލަށް ގުޅުނު މަޝްހޫރު ރޭޑިއޯ ޕްރެޒެންޓާ ޝައިނާ ޝަރީފެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ޖަޖުންގެ ޕެނަލްގައި ހަތަރު ޖަޖުން ހިމެނޭ އިރު މިއަހަރު ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ކުރީގެ ދެ ސީޒަންގައި ވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ)، އަހުމަދު އަލީ (އައްމަޑޭ)، އިސްމާއިލް އައްފާން ގެ އިތުރުން ޖަޖުންގެ ޕެނަލާ މުޅިން އަލަށް ގުޅިފައިވާ ޒާރާ މުޖުތަބާ އެވެ