English Edition
Dhivehi Edition

ފެބްރުއަރީ 16 ވާ ހުކުރު ދުވަހު އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ޚާއްޞަ އިވެންޓަކަށް ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުން ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުގެ އައްޑޫ އޮފިޝަލަކު ވިދާޅުވީ ހުކުރުދުވަހުގެ ރޭ އައްޑޫގައި އެ ޕާޓީގެ ބޮޑު އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“މި އިވެންޓަށް ޕާޓީގެ އިސްވެރިން ވަޑައިގަންނަވާ ގޮތަށް އޮތީ. ފަހަރެއްގައި ރައީސް ވެސް ބައިވެރިވެ ވަޑައިގަތުން އެކަށީގެންވޭ. މެޑަމް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ” އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލި ވެފައިވާ މިދަނޑިވަޅުގައި ޕީޕީއެމުން އައްޑޫގައި ބާއްވާ މި އިވެންޓަށް މެޑަމް ފާތުން އައްޑޫއަށް ވަޑައިގަންނަވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައި ވެސް މެޑަމް ފާތުން ވަނީ އައްޑޫއަށް ޒިޔާރަތް ކުރައްވަވާފައެވެ.

“އެންމެ ގާތުން” ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން އައްޑޫސިޓީއަށް ކުރެއްވެވި މި ދަތުރުފުޅުގައި އައްޑޫން އެކަމަނާއަށް ވަނީ ހޫނު ތަރުހީބެއް ލިބިވަޑައިގެންފައެވެ.

2 ކޮމެންޓް
ކަނބޫ
ފެބުރުއަރީ 12, 2018
ބަލަ މެޑަމް އީ ވެރިކަމަށް ކުރިމަތި ލަނީ. ބޯހަލާކި !!
ނަދުހާ
ފެބުރުއަރީ 12, 2018
އަސްލަސް. އަވަހަށް ވަޑަގަނު. އަފިރިން ރެޑީ