English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް

ސީނު އަތޮޅު މަދަރުސާގެ އިންޓަރ ހައުސް ނެޓްބޯޅަ ޓޯނަމެންޓުގެ އެއްވަނަ ސިކަންދަރީ ހައުސް ހޯދައިފި އެވެ.

އިއްޔެ ހަވީރު ގާޒީ ހައުސްއާ ވާދަކޮށް ސިކަންދަރީ ހައުސް މޮޅުވީ 15 ޕޮއިންޓް 13 ޕޮއިންޓްގެ ތަފާތުންނެވެ. މުބާރާތުގެ ރަނަރ އަޕް ޓީމަށާއި ފެއާރ ޕްލޭ ޓީމަށް ހޮވިފައިވަނީ ގާޒީ ހައުސް އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ސިކަންދަރީ ހައުސް ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ހުރަވީ ހައުސްއިން ވަނީ ކުޅުމަށް ބަދަލުތަކެއް ގެނެސް ނަތީޖާ އެއްވަރުކޮށްފައެވެ. އެއަށްފަހު ހަމަހަމައަށް ގޯލު ކާމިޔާބުކުރެވެމުން ދަނިކޮށް ސިކަންދަރީ ހައުސްއިން އަނެއްކާވެސް ލީޑު ނަގައި ލީޑު ފުޅާކޮށްލީއެވެ. އެފަހުން މެޗު ނިމެން ކައިރި ވެފައިވަނިކޮށް ސިކަންދަރީ ހައުސްއިން ދެ ޕޮއިންޓުގެ ލީޑެއް ނަގައި މެޗު ކާމިޔާބުކުރިއެވެ.

ބެސްޓް ޕްލޭޔަރސް އޮފް މެޗެސް އަށް ބަލާލާއިރު، ޝަމްސުއްދީން ހައުސްއާއި ހުރަވީ ހައުސް ބައްދަލުކުރި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށާއި ޝަމްސުއްދީން ހައުސް އާއި ސިކަންދަރީ ހައުސް ބައްދަލުކުރި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ ޝަމްސުއްދީން ހައުސްގެ ހައްވާ މައިސާ އެވެ.

ސިކަންދަރީ ހައުސް އާއި ހުރަވީ ހައުސް ބައްދަލުކުރި މެޗުގެ ބެސްޓް ޕްލޭޔަރަކީ ސިކަންދަރީ ހައުސްގެ މަރިޔަމް އީނާސް އެވެ. ސިކަންދަރީ އާއި ގާޒީ ބައްދަލުކުރި މެޗުގެ ބެސްޓް ޕްލޭޔަރަކީ މައިޝާ އަޝްރަފެވެ. ގާޒީ ހައުސްއާއި ހުރަވީ ހައުސް އަދި ގާޒީ ހައުސް އާއި ޝަމްސުއްދީން ހައުސް ވާދަކުރި މެޗުތަކުގެ ބެސްޓް ޕްލޭޔަރަކަށް ހޮވިފައިވަނީ އައިޝަތު ސާއިން އެވެ. ފައިނަލް މެޗުގެ ބެސްޓް ޕްލޭޔަރަކީ މަރިޔަމް މައިޝާ އަޝްރަފެވެ.

މުބާރާތުގައި އޮފިޝަލްކަން ކޮށްދެއްވާފައިވާތީ ޔުމްނާ ސާބިޤަށާއި އާމިނަތު އާނިސާއަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސްކޫލުގެ ލީޑީންގ ޓީޗަރ މުހައްމަދު އަޝްރަފް ވަނީ މުބާރާތުގެ މަޤްޞަދު ބުނެދީ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

މެޗަށްފަހު ސްޕޯޓްސް ކްލަބުގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

މި މުބާރާތުގައި ސްކޫލުގެ ހަތަރު ހައުސެއް ކަމަށްވާ ސިކަންދަރީ ހައުސް، ގާޒީ ހައުސް، ހުރަވީ ހައުސް އަދި ޝަމްސުއްދީން ހައުސް ވަނީ ބައިވެރިވެފައެވެ. މިއީ އަންހެން ކުދިންގެ ބައިވެރިވުން ކޯ-ކަރިކިޔުލާރ ހަރަކާތްތަކުގައި އިތުރުކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެވެ.