English Edition
Dhivehi Edition

ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ޖުމުހޫރީ ޕާޓީ މއަދު ވަކިވާނެ ކަމަށް ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީން އިއްތިހާދުން ވަކިވިކަން މިއަދު އިއުލާން ކުރަން ނިންމާފައި އޮތްކަން އެނގޭކަމަށެވެ.

“މާދަމާގެ ވަގުތެއްގައި މިމީހުން އެކަން ކުރާނެ. އަޅުގަނޑުމެން މިވާހަކަ ދެއްކީމަ ނޭނގެ ފަހަރެއްގައި މާދަމާ އަދި ލަސްކޮށްލަފާނެ. އެހެންނަމަވެސް ކަން ހިނގާފަ އޮތް ގޮތަކީ މިއީ، މާދަމާ ވަކިވާން ނިންމާފަ އޮތީ.” ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ، އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިއްތިހާދުވެސް ބައިބައިވެއްޖެ ކަމަށާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއެކު، ޤާސިމް އިބްރާހިމް ކުރަމުންއައި މަޝްވަރާތައް ނިމުމަކަށް އައީ ކަމަށެވެ.

އެމަނިކުފާނަކީ ނަޝީދު އެޖަހާ ސަކަރާތަށް ތާއީދުކުރައްވާ ބޭފުޅެއް ނޫންކަމާއި ދިވެހި ރައްޔިތުންދެކެ ވަރަށް ލޯބިވާ، ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއްކަން މާދަމާގެ ވަގުތެއްގައި ވީޓީވީ މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ހާމަކުރުމަށް ސްޓޭޓްމަންޓްވެސް ވަނީ ތައްޔާރުކުރައްވާފައިކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވިއިރު ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދުވަނީ ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ…