English Edition
Dhivehi Edition

ފެބްރުއަރީ 8 ވަނަ ދުވަހު ބްރޯޑްކާސްޓް ކުރުން މެދުކަނޑާލުމަށް ފަހު ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް މިއަދު ހެނދުނު 7:00 އިން ފެށިގެން އަލުން ބްރޯޑްކާސްޓްކުރަން ފަށައިފި އެވެ.

ފަންސާސް ހަ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް އަލުން ފަށަން ނިންމީ، އެތައް ބަޔަކު އަލުން ހިދުމަތް ފެށުމަށް އެދޭތީ ކަމަށާއި ރާއްޖެޓީވީއާ މެދު ފާޅުކުރި އިހްލާސްތެރި އަދި ލޮބުވެތި ޝުއޫރުތަކުން ހިތްވަރު ލިބިގެން ކަމަށް އެޓީވީ ސްޓޭޝަން އިން ބުނެއެވެ

ބްރޯޑްކާސްޓުކުރުން މެދުކަނޑާލުމަށްފަހު ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ، ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާން ކުރާ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތެއް ކަމުން، ކުރިމަތިވަމުން އައި ބިރުވެރިކަމަށް ހައްލެއް ހޯދައިދީ ސްޓޭޝަނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް ގައި އެދިފައިވީ ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ރާއްޖެޓީވީ އިން ބުނެއެވެ.