English Edition
Dhivehi Edition

އިންޑޮނޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 27 މީހުން މަރުވެ 16 މީހުން ޒަޚަމްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ޑޮމެސްޓިކް ފަތުރުވެރިން ތަކެއް ގޮވައިގެން ދަތުރުކުރި ބަހަކާއި ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގިއިރު ބަހުގައި 40 މީހުން ތިބި ކަމަށް އެގައުމުގެ ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
ބަސް ސައިކަލުގައި ޖެހުނު ސަބަބެއް ކަމަށް ފުލުހުން ލަފާ ކުރައްވަނީ ބަހުގެ ބުރަކި ފެއިލް ވުމުން ނުކުރެވިގެން ކަމަށެވެ.

މިދިޔަ އަހަރު ޖުލައިމަހު ބަހަކާއި ޓްރަކެއް ޖެހި އެގައުމުގައި ހިނގި އެކްސިޑެންޓެއްގައި 10 މީހަކު ވަނީ މަރުވެފައެވެ. އެއްގަމު ދަތުރު ފަތުރު ކުރުމަށްޓަކައި ގެންގުޅޭ ބައު އުޅަނދު ތަކުގެ ސަބަބުން، ދުނިޔޭގައި އެންމެ ގިނައިން މަގުމަތީ އެކްސިޑެންޓްތައް ހިނގާ އެއް ގައުމަކީ އިންޑޮނޭޝިއާއެވެ.