ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމަށް ގޮވާލުމަކީ ޤާނޫނީ ބޮޑުކުށެއްކަމައްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމަށް ގޮވާލުމަކީ ޤާނޫނީ ބޮޑުކުށެއްކަމަށް އްޔިތުންގެ މަޖުލީހުގެ ނައިބްރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ
“މަގެދިނާ މަގެ ޤައުމު” މި ޝިޔާރުގެ ދަށުން ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ގައުމުގެ އިންތަކާއި މިންތަށް ޤާނޫނު އަސާސީން ކަނޑައަޅައި ދީފައިވާކަމަށެވެ. އަދި މި އިންތަކާއި މިންތަކުގެތެރެއަށް އިތުރުފަރާތްތަކުން ވަނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ހުރި ނުރައްކަލެއްކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން މޫސާ މަނިކު ވިދާޅުވީ ރާއްޖޭގެ އަގުވައްޓާލާ ރާއްޖެއާމެދު ފިޔަވަޅު އަޅަންގޮވާލާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭކަމަށާއި އެކަމަށް ބޭނުންވާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭކަމަށެވެ.އަދި މީގެއިތުރުން މޫސާ މަނިކު ވިދާޅުވީ ކުރިންވެސް ބޭރުގެ ފަރާތްތަކާއިގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށާއި މި ވެރިކަންވެސް ތިންފަހަރެއްގެ މަތިން ބަޣާވާތްކޮށް ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ ތިންފަހަރުވެސް ވެރިކަން ދިފާއުކުރެއްވީ ރައީސްގެ ތޫނު ވިސްނުންފުޅުންކަމަށް މޫސާ މަނިކު ވިދާޅުވިއެވެ