އައިކެއާ އޮޕްޓިކަލްސްގެ ފަރީދީ މަގު ފިހާރައިގައި ހުރިހާ އަވިއައިނަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ދެ ދުވަހުގެ ހާއްސަ ފްލޭޝް ސޭލެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި ފަރީދީ މަގުގައި ހުންނަ އައިކެއާ ފިހާރައިގައެވެ. މި ސޭލުގެ ދަށުން އާދިއްތަ ދުވަހުގެ ނިޔަލަށް، އެ ފިހާރައިން ލިބެން ހުންނަ ތަފާތު ވައްތަރުތަކުގެ އަވިއައިނުތަކުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ލިބޭނެއެވެ. މި ޕްރޮމޯޝަންގައި ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އަސްލު އަވިއައިނުތައް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކުޅިވަރު ކުޅޭއިރު އަޅާ އައިނުތަކާއި، އެންމެ ފަހުގެ ފެޝަން ޑިޒައިންތަކުގެ އިތުރުން އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ އައިނުތައް ވެސް މި ސޭލުން ލިބެން ހުންނާނެއެވެ. މިއީ އަހަރު ނިމޭ ޗުއްޓީ ދުވަސްވަރު ކައިރިވެފައިވާތީ، މިއީ ދަތުރުފަތުރު ކުރުމަށާއި ބޭރުތެރޭގެ ހަރަކާތްތަކަށް ރައްކާތެރި އަވިއައިނެއް ހޯދުމަށާއި، ގާތް މީހަކަށް ހަދިޔާއެއް ދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އައިކެއާއިން ފާހަގަކުރެއެވެ.