ދުނިޔޭގެ ފެނުމުގެ ދުވަސް (ވޯލްޑް ސައިޓް ޑޭ) ފާހަގަކުރުމުގެ ގޮތުން އައި ކެއާ އޮޕްޓިކަލްސް އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. “ލަވް ޔޯ އައިސް” ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ވެސް ކުރިއަށް ދާނެކަމަށް އައިކެއާ އިން ވަނީ ބުނެފއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކަނޑައަޅާފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ މީހުންގެ ތެރެއިން ހޮވާލެވޭ ފްރޭމްތަކުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި މި އޮފާގެ ދަށުން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް، ހޯޔާ އަދި ނޯވާގެ ސިންގަލް-ވިޝަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާ އެކު ގަންނަ ފްރޭމްތަކަށް ޑިސްކައުންޓު ލިބޭނެއެވެ.
ލެންސަކީ މުޅި ދުވަހު ފެނުމުގެ ފެންވަރު ކަނޑައަޅައިދޭ މުހިންމު ބަޔަކަށް ވާތީ، އުމުރާއި މަސައްކަތުގެ މާހައުލާއި ސްކްރީން ބޭނުންކުރާ އަދަދަށް ބަލައި، އެންމެ ރަނގަޅު ލެންސް އިހުތިޔާރު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އައިކެއާއިން ފާހަގަކުރެ އެވެ. އަދި އަމިއްލަ ލޮލުގެ ސިއްހަތަށް އިސްކަންދީ، ގަވާއިދުން ލޯ ޓެސްޓު ކުރުމަށް ވެސް އައިކެއާ އިން ވަނީ އިލްތިމާސްކޮށްފައެވެެ.