English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫގައި ދަނޑުވެރިންނަށް ހާއްސަ "ވީކެންޑް މާރކެޓް" ހުޅުވައިފި

އައްޑޫ ސިޓީ މީދޫގައި ދަނޑުވެރިންނަށް ހާއްސަ “ވީކެންޑް މާރކެޓް” ގެ ނަމުގައި މާރުކޭޓެއް ހުޅުވައިފިއެވެ. މި މާރުކޭޓު ހުޅުވާފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.

“ވީކެންޑް މާރކެޓް” ގެ ގޮތުގައި ހުޅުވި މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް އެ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ. މި މާރުކޭޓަކީ ދަނޑުވެރިންގެ އުފެއްދުންތަކާއި، އައްޑޫގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި މާރުކޭޓެއްކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މި މާރުކޭޓު ހުޅުވައިދެއްވީ މިނިސްޓަރު އަހްމަދު ޝިޔާމެވެ. ރަށުގެ ދަނޑުވެރިންގެ ކުރިއެރުމަށާއި ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށް، މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކަކާއެކު އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މި މަހުގެ 11 އިން 18 އަށް ރާއްޖޭގެ ބައެއް ރަށްރަށުގައި އެކި ހަރަކާތްތައް ރާވާ ހިންގަމުންދާއިރު، އޭގެ ތެރޭގައި ހދ. ހަނިމާދޫ، ރ. އަނގޮޅިތੀމު، ރ. ކިނޮޅަސް، ލ. މަބައިދޫ، ރ. ދުވާފަރު، ހދ. ނޮޅިވަރަމް، ނ. ލަންދޫ އަދި ހއ. ބާރަށް ހިމެނެއެވެ.