ރާއްޖޭގެ 18 އަތޮޅެއްގައި ”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ގެ ނަމުގައި އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
މި މަރުކަޒުތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އިދާރާތަކެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިދާރާތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ގައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމެވެ.
”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ އުފެއްދެވި 18 އަތޮޅު:
މި މަރުކަޒުތައް އުފައްދަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، އިނގިރޭސިބަހުން މި މަރުކަޒުތަކަށް ބޭނުންކުރާނެ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކުން ސިޓީލިޔުމުގައި ބޭނުންކުރާނެ މުއައްސަސާ ނަންބަރުތަކުގެ ލިސްޓުވެސް ވަނީ ހިމަނުއްވާފައެވެ.