English Edition
Dhivehi Edition

ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މި ކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ސަރކިއުލަރގައި ވަނީ 1 ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ބައެއް މީޑިއާތަކުން ގައުމީ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ބުންފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިފައިންނާ ހަނގުރާމަކުރުމަށް ބޭރުގެ ސިފައިންގެ އެހީ ހޯދުމަށް ކަމަށް ބުނެ އެކަމަށް ހިތްވަރު ލިބޭގޮތަށް ބައެއް ޓީވީ ސްޓޭޝަން ތަކުން ކޮންޓެންޓް ގެނެސްދެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށާއި ގައުމަށް ދިމާވެފައިވާ މި ޚާއްޞަ ދަނޑިވަޅުގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށްއެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ..

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި އަންގަމެވެ.”

މި ކަމާގުޅިގެނ ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.