English Edition
Dhivehi Edition
ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް މިއަދު ޕާކިސްތާނަށް ރަސްމީ ދަތުުރެއްގައި ފުރައިފިއެވެ.

މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. އެމަނިކުފާނުގެ އިތުރަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއުވެސް މިވަފުދުގައި ވަޑައިގަންނަވައެވެ.

މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މިބޭފުޅުން ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެއެވެ.

ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.